ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަައިފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ޅ.ނައިފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ނައިފަރަކީ 5،787 މީހުންގެ އާބާދީއެއް އޮންނަ މަސްވެރި ރަށެކެވެ. އެ ރަށުގައި މަސްވެރިކަމާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ކަނޑު އޮޑިފަހަރު އިތުރުވަމުންދިޔައިރު، އެއާ އެއް މިންވަރަށް ބަނދަރު ބޮޑުކުރެވިފައިނުވާތީ އަރައިފޭބުމާއި މުދާ އަރުވައި ބޭލުމުގައި ބޮޑެތި ދަތިތަކެއް ތަހައްމަލުކުރަންޖެހިފައިވެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބަަނދަރު ހެދުމުގެ މަޝްރޫއަކީ އެ މައްސަލަތަކަށް ހައްލު ލިބޭނެ މަސައްކަތެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އެ މަޝްރޫއުގެ ދަށުން 26،960 އަކަމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 340 މީޓާރު ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 182 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 1،390 މީޓަރުގެ ޕޭވްމެންޓު ހަދާނެއެވެ. އަދި ބަނދަރުގައި ބައްތި ހަރުކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ ގޮތަށް 47.50 މިލިއަން ރުފިޔާއަށެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަލުއިކޮށް ފެށިގެން ކުރިއަށްދާއިރު، ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުގެ އެކި ކުންފުނިތަކާ ދަނީ ހަވާލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި