ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެ!

immigration

ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް، 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.

އެހެންކަމުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން، މިއަހަރުގެ ޑިސެމްބަރު 31ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ މުއްދަތު ދެއްވާފައެވެ. އަދި އެމުއްދަތުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ޕާސްޕޯޓާބެހޭ ޤަވައިދުގެ 19ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގައިވާގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓުތައް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ކަނޑައަޅާ މުއްދަތަކަށްފަހު ބާތިލު ކުރެވެނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން މިހާރު ވަރަށް ބޮޑަށް ލުއިކޮށްދެއްވާފައެވެ. އަދި މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅުތަކުގައިވެސް ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ