ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކަ ސައީދު 4 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

Mal

އެމްޑީޕީ ސަރުކާރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދުއުވާ ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ މިހާ ހަރުކަށި އަދަބެއް ކަނޑައެޅީ ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ކުރާ މީހުންނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

މިއީ އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ ސައީދު ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމަކީ ގޯހެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 25، 2019 ގައެވެ.

މީގެއިތުރުން ވެސް ސައީދުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި