ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިސާއަށް ޑްރަގް އެތެރެކޮށްދޭ މީހަކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލައިފި

criminal court
STO_Ads
TTH_Ads

ފައިސާ ދިނުމުން ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކުރާކަމަށް ބެލެވޭ މީހަކު އުމުރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބުރާސްފަތިދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ހ.ސެމޯއާ އިސްމާއީލު ނައުފަލު ނަމަކަށް ކިޔާ މި މީހާ މަސްތުވާތަކެއްޗާއެކު އަތުލައިގަތީ 18 ޑިސެންބަރު 2023 ވަނަ ދުވަހުއެވެ. އެ ދަތުރުގެ ކުރިން އަހަރެއްހައި ދުވަސް ތެރޭ 14 ފަހަރަކު އޭނާ ރާއްޖެއިން ބޭރަށް ދަތުރުކުރިއެވެ.

އޭނާ ހިފަހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެތަނުން އޭނާ ހިފަހައްޓައި އޭނާގެ ލަގޭޖު ބަލައިފާސްކުރިއިރު އޭނާ ގެނައި ފޮއްޓެއްގެ ތެރެއިން 994 ގްރާމުގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނުނު ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

HajjCop_ads

ކޯޓުގެ ހުކުމުގައި ފުލުހުންނާއި ކަސްޓަމާ ހަވާލާދީ ބުނެފައިވާ އޭނާގެ ފޮށިން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި އެކި ފަހަރު އެކި ގޮތަށް ނައުފަލު ވާހަކަދައްކާފައިވެއެވެ. އޭނާ ފުރަތަމަ ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ފޮށްޓަކީ އަައު ފޮށްޓަކަށްވާތީ އެ ފޮށިން ފެނުނު ތަކެއްޗަކީ ފޮށި ގަތްއިރުވެސް އޭގައި ހުރި ތަކެތި ކަމަށެވެ.

ނަމަވެސް ފަހުން އޭނާ ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާގެ ބޭބެ ބުނެގެން ގެނައި ތަކެތި ކަމަށެވެ. އެވާހަކަ އޭނާގެ ބޭބެވަނީ ކޯޓުގައި ހެކިބަސްދެމުން ދޮގުކޮށްފައެވެ. ނައުފަލުގެ ބޭބެ ބުނެފައިވަނީ ނައުފަލު މެލޭޝިޔާއަށް ދިޔަކަން އަދި އެ ގައުމުން އައިކަންވެސް ނޭނގޭކަމަށާއި، އެއްވެސް އެއްޗެއް ގެނެސްދިނުމަށް ނައުފަލު ކައިރިން އެދިފައިނުވާނެ ކަމަށެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކުރި ގޮތުގައި ނައުފަލުވަނީ އޭނާއަކީ ފައިސާއަށް ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ މީހެއްކަމަށް ފުލުހުންގެ ތަހުގީގުގައި ބުނެފައެވެ. ނައުފަލަށް އޭނާ ކުރާ މަސައްކަތުން މަހެއްގެ މައްޗަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭއިރު ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް އޭނާ ކުރީ މަސްތުވާތަކެތި އެތެރެކޮށްދީގެން ލިބުނު އާމްދަނީން ކަމުގައި ބެލެވޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ނަައުފަލުގެ މައްޗަަށް 25 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއިރު، އޭނާ ކެނެބިސް ބޭނުންކުރިކަން ސާބިތުވެ އިތުރު ތިް އަހަރުގެ ހުކުމެއް އިއްވާފައިވެއެވެ. އަދި ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމަށްފަހު ޖަލުގައިބ އޭނާ ހުންނަންޖެހެނީ 23 އަހަރާއި ދެ މަހާއި 23 ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު