ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ޚިޔާނާތުގެ ތަހުގީގު އަވަސްކުރަން ރައީސް މުއިއްޒު އަންގަވައިފި

Mal

ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުގީގު އަވަސްކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފެނަކައިގެ މައްސަލައިގައި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަޙުގީގުކުރަން ފަށާފައެވެ. އަދި އޭސީސީ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަޙުގީގުކުރުމަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ޑިޖިޓަލައިޒް މިކުރަނީ އެ ބޭނުމުގައި. ގަވަނެންސް ނިޒާމު މި ޑިޖިޓަލައިޒް ކުރަނީ ކޮރަޕްޝަން އިރެޑިކޭޓް ކުރަން ނައްތާލަން، މިއީ އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ބިޔަ މަޝްރޫޢު.“ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެސެޓް ރިކަވަރީ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި، މި ބިލުގެ މައިގަނޑު މަޤްޞަދަކީ އެމްއެމްޕީއާރުސީ އަދި ފެނަކަ ފަދަ ކުންފުނިތަކުން ކޮށްފައިވާ ޚިޔާނާތުގެ މައްސަލަތައް ބެލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެނަަކައިގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 10.30.45

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރަނީ

448631 89f68b0e c

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

457285 dee4c33b c

ޗައިނާ ކުންފުނީގެ ސައިޓަށް ވަޑައިގެން އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

DSC

މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ ހުންނަ ފަރާތްކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް: ރައީސް