ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުލަބު މޯލްޑިވްސް ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް

Maldivian_Ads
TTH_Ads
STO_Ads
Advertisement

ކުލަބު މޯލްޑިވްސް 2025 ގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި މިރޭ ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ އެމްޕީއެލް އަތުން 4-2 ގެ ނަތީޖާއަކުންނެވެ. ހަތަރުވަނަ ފަހަރަށް އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދިއިރު، ފައިނަލް މެޗުގައި ދެ ޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގެންގުޅުނީ ދިވެހި ސިފައިންގެ ކުލަބުންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެހެން ނަމަވެސް އެމްޕީއެލްގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ދިވެހި ސިފައިންގެ ކުލަބުގެ ދިފާއު ފޫއަޅުވާލުމަށްފަހު ދެ ލަނޑު ކާމިޔާބުކޮށް، ކްލީން ޝީޓަކާއެކު މުބާރާތް ނިންމުމަށް ދިވެހިންގެ ސިފައިންގެ ކުލަބުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައެވެ.

HajjCop_ads
Advertisement

ދިވެހި ސިފައިންގެ ކުލަބުން ފައިނަލާއި ހަމައަށް އައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ދިވެހި ސިފައިންގެ ޓީމުން މި މުބާރާތް ކާމިޔާބުކުރިއިރު، ދިވެހި ސިފައިންގެ ކުލަބުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެމްޕީއެލްއެވެ. އަދި ކުއީން އޮފް އެއިޓީން ތާޓީގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މައީޝާ އަބްދުލް ހަންނާނެވެ.

ކުއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ދިވެހި ސިފަައިންގެ ކުލަބުގެ ޒަހުރާއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެެރިޔާގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ރިފާއެވެ. އޭނާ ވަނީ މި މުބާރާތުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ. މާސްޓަރ އޮފް ދަ އެއިޓީން ތާޓީގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު އަލީ އިބްރާހީމެވެ.

18/30 ގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
1. މަރިޔަމް ރިފާ – ދިވެހި ސިފައިންގެ ކުލަބު
2. ޒަހުރާ – ދިވެހި ސިފައިންގެ ކުލަބު
3. ފާތިމަތު އިނާޝާ – އެމްޕީއެފް
4. މައިޝާ އަބްދުލް ހަންނާން – ދިވެހި ސިފައިންގެ ކުލަބު
5. ފަރަހް އަޙްމަދު – އެމްޕީއެލް

މި މުބާރާތުގެ ރަނަރަޕް ޓީމު އެމްޕީއެލްއިންވެސް ވަނީ އެއިޓީން ތާޓީގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށްވީ ކުޅުންތެރިންގެ ފިޓްނެސްގެ މައްސަލަތަކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި