ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިމަރަފުށީ ހޮސްޕިޓަލްގެ 30 އެނދުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ތ. ތިމަރަފުށީ ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ސޮއިކުރެއްވުމާއެކު، އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިމާރާތުގެ ބިންގާ އަޅާފައިވަނީ ހެލްތް މިނިސްޓަރާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރާއި ތިމަރަފުށީ ކައުންސިލްގެ ރައީސެވެ. މިއީ ސަރުކާރުން ރަށްރަށުގެ ސިއްހީ ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް ކުރިއަށް ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ޕީއެސްއެމްއަށް ދެއްވި މަޢުލޫމާތުގައި ފާހަގަކުރެއްވި ގޮތުގައި، މި އާ އިމާރާތުގައި 30 އެނދު ގާއިމުކުރެވޭނެއެވެ. އެ ފަރާތުން ވިދާޅުވީ މަޝްރޫޢުގެ މަސައްކަތް އެންމެ ބާރު ސްޕީޑުގައި ނިންމުމަށް އަމާޒުހިފައިވާ ކަމަށާއި، މި ހޮސްޕިޓަލް ތަރައްގީވުމުން ތިމަރަފުށީގެ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

HajjCop_ads
Advertisement

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މި އާ އިމާރާތް ގާއިމުވުމުން ތިމަރަފުށީގެ ރައްޔިތުންނަށް ލިބެމުންދާ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ބޮޑަށް ރަނގަޅުވެ، އިތުރު ފަސޭހަތަކާއި އާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީކޮށް، ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރުމަށް ކުރިއަށް ގެންދަވާ ބޮޑު ޕްރޮގްރާމުގެ ބައެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ގއ. ނިލަންދޫ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

01

ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރަން އާރްޑީސީއާ ހަވާލުކޮށްފި

Vaikaradhoo

ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

Vaikaradhoo

ލ. ހިތަދޫ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށް އާރްޑީސީން ތައްޔާރުވަނީ