ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ދިވެހި ވަފްދު މަޖިލިސް ދޫކޮށް ނިކުމެއްޖެ

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ދިވެހި ވަފްދު، އދ.ގެ މައި މަރުކަޒުގެ ހޯލު ދޫކޮށް ނުކުމެއްޖެއެވެ.

މިދިޔަ އަހަރުވެސް ދިވެހި ވަފުދު ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު އާއްމު މަޖިލީހުގައި ވާހަކަދައްކަން ފެށުމުން އދގެ މައި މަރުކަޒުގެ ހޯލް ދޫކޮށް ނިކުމެފައެވެ.

އދ.ގެ އަންމު މަޖިލީހުގައި މިއަހަރު ފެނިގެންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ގިނަ ޤައުމުތަކަކުން އަޑުއުފުލަމުންދާ މަންޒަރެވެ. މިގޮތުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން، ބައްދަލުވުމުގައި ބައިވެރިވާ ގިނަ ޤައުމުތަކެއްގެ ވަފުދުތަކުން ވަނީ، އދ.ގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ބައްދަލުވުން ދޫކޮށް ގޮސްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ތަޤުރީރުކުރަން ފެށުމާއެކު އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަމުންދިޔަ ދިވެހި ޑެލިގޭޝަން އެ ހޯލް ދޫކުރައްވާ ބޭރަށް ވަޑައިގެންފައިވާކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރުމުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ހުއްދަދެއްވުމާއި ގުޅޭ ޤަރާރަށް ވޯޓުދީފައެވެ. ރާއްޖެފަދަ އެތައް ޤައުމެއްގެ އެހީތެރިކަމާއެކު ފަލަސްޠީނުގެ ރައީސް މަހުމޫދު ޢައްބާސް ވަނީ މިއަހަރު ވީޑިއޯ މެދުވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.

ފަލަސްޠީނުގެ ޙައްގުގައި ދިވެހިރާއްޖެއިން ދަނީ ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލަމުންނެވެ. ފަލަސްޠީނަށް އެހީވުމަށް ދިވެހިން އަތުގުޅާލާފައިވާއިރު، ސަރުކާރުންދަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވާ އެކަމަށް ވަކާލާތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

ކަނޑުގެ ލޮނުގަނޑު އުފުލުން، ޖަޒީރާ ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލެއް: ޑރ. ޚަލީލް

ޑރ. ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޤަތުލްޢާންމަށް ވާގިވެރިވަނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ޚަލީލް