ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

މުދާ އުފުލަން ހަވާލުކޮށްގެން ފެނަކައިން ހިންގި ކޮރަޕްޝަން 103 މިލިއަނަށް އަރާ!

112

ފެނަކަ ކޯޕަރޭޝަން ހިންގެވުމާ އަހްމަދު ސައީދު މުހައްމަދު ހަވާލުވެ ހުންނެވިއިރު، މުދާ ސަޕްލައި ކުރާ އުޅަނދު ފަހަރު ނުގެންގުޅޭ ކުންފުނިތަކުން އަގު ހޯދައި, އެ ފަރާތްތަކާ މަސައްކަތް ހަވާލުކޮށްގެން މުދާ އުފުލުމަށް 105 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އޮޑިޓް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓުންނެވެ.

އެ ރިޕޯޓްގައި ވާގޮތުން މުދާ ސަޕްލައިކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާކެޓް އަގަށް ވުރެ 47.5 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްގެންނެވެ. މުދާ އުފުލުމަށް ޖުމުލަ 191 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ. އޭގެ ތެރެއިން މާކެޓް ރޭޓަށް ވުރެ އަގު ބޮޑުކޮށް ހަވާލުކުރި ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގު 103 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި މާކެޓް ރޭޓުން 55.5 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެ ކޮރަޕްޝަންތަކުގެ ތަފްސީލް

  • މާލެއިން އައްޑޫ ސިޓީ ހިތަދުއަށް މުދާ ގެންދިއުމަށް ފެނަކައިން 495,000 ރުފިޔާއަށް ދޯންޏެއް ކުއްޔަށް ހިފި
  • މާކެޓް ރޭޓަށް ބަލާއިރު އެ މަސައްކަތުގެ އަގަކީ 90,000 ރުފިޔާ އާއި 140,000 ރުފިޔާ ދެމެދު
  • ގދ. ތިނަދުއަށް މުދާ ގެންދިއުމަށް ފެނަކައިން 450,000 ރުފިޔާއަށް ދޯންޏެއް ކުއްޔަށް ހިފި
  • މާކެޓް އަގަކީ 80,000 ރުފިޔާއާއި 120,000 ރުފިޔާ

ކޮރަޕްޝަންގެ ދެ މައްސަލައަކާ ގުޅިގެން ދައުލަތުން ވަނީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ދެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ދަނޑުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެގޮތް ހަމަޖައްސަން މަޝްވަރާކޮށްފި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

Mm

ނޮވެމްބަރމަހު ފުވައްމުލަކު ގެތަކުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

TTH_advertisement