ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ދައުލަތުގެ ކުންފުންޏަކުން ހިންގި އެންމެ ބޮޑު ޚިޔާނާތް އޮޑިޓަރ ޖެނެރަލް ހާމަކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު މާލީ އަނިޔާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރޭ ނެރުއްވި އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރޭ ވަނީ ފެނަކަ ކޯޕަރޭޝަންގެ ޚާއްޞަ އޮޑިޓް ރިޕޯޓެއް ޢާންމުކޮށްފައެވެ. 104 ޞަފްޙާގެ މި ރިޕޯޓަކީ އެ ކުންފުނިން މުދަލާއި ޚިދުމަތް ހޯދުމާއި، ކުންފުނީގެ މާލީ ޙާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭގޮތުން އޮޑިޓްކޮށް ޢާންމުކޮށްފައިވާ ރިޕޯޓެކެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި – ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައި އެންމެ ބޮޑު މާލީ އަނިޔާ ހިންގި ކަމަށް ކުރީން ވެސް ބެލެވިފައި އޮތީ ފެނަކައިންނެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި މިއީ ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު މާލީ އަނިޔާއެވެ. މި މާލީ އަނިޔާ އެމްއެމްޕީއާރުސީއާއި އެފްޕީއައިޑީގެ މާލީ އަނިޔާއަށް ވުރެ ވެސް ބޮޑެވެ.

ބީލަމުގެ އުސޫލުން ބޭރުން 2.2 ބިލިއަން ރުފިޔާ
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ވަނީ ޙަވާލުކޮށްފައެވެ.

މިއީ ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކުރެވުނު ކަމެކެވެ. މިގޮތުން ޖުމްލަ 674 އެއްބަސްވުމެއް ބީލަމުގެ އުސޫލުން ބޭރުން ހަދާފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި އެއްބަސްވުންތަކުގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއްގެ އެއްބަސްވުންތައް ހަދާފައި ވަނީ ޢާންމު އުސޫލުން ބޭރުން މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ޢާންމުކޮށް އިޢުލާނު ކުރުމެއް ނެތި މައިގަނޑު ގޮތެއްގައި ދެތިން ފަރާތަކުން އަގު ހޯދައިގެންނެވެ.

އަދި އެކަން ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނުން ބޭނުން ގޮތަކަށް އެކަމަށް ޚާއްޞަ ކޮމިޓީން މަސައްކަތް ޙަވާލު ކުރާނެ ބަޔަކު ކުރީން ކަނޑައަޅާ ނިންމުމަށް ފަހު ކަމަށްވެސް ބުނެފައިވެއެވެ.

މާލީ އަނިޔާ ކުރުމަށް ޤަވާޢިދު ވެސް ބަދަލުކުރި
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލު ކުރާ ގަވާއިދުގައިވާ ގޮތުން ކުންފުންޏަށް ބޭނުންވާ މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގު ގު ޖީއެސްޓީ ނުހިމަނާ 225,000 (ދެ ލައްކަ ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ މަތިވާނަމަ ރާއްޖެއިން އެ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާނަމަ ހޯދަން ވާނީ ބީލަމުގެ އުސޫލުން ޢާންމުކޮށް އިޢުލާނުކޮށްގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް މާލީ އަނިޔާއަށް މަގުފަހިކުރުމަށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާނަމަ މި އުސޫލަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ގަވާއިދު ވެސް ވަނީ ބަދަލުކޮށްފައެވެ. އެކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ޢާންމު ބީލަމުގެ އުސޫލުން 400 އަށް ވުރެ ގިނަ އެއްބަސްވުން
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ރިޕޯޓުގައި ވަނީ ފެނަކަ ކޯޕަރޭޝަނުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ޢާންމު އުސޫލުން ބޭރުން ޙަވާލުކުރި މަސައްކަތްތަކާއި ހެދި އެއްބަސްވުންތަކުގެ ތަފްޞީލު ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ޖުމްލަ 439 އެއްބަސްވުމެއް ވަނީ ހަދާފައެވެ.

އެ އެއްބަސްވުންތަކުގެ އަގު 1,373,126,496 ރުފިޔާއަށް އަރައެވެ. މިއީ މިހާތަނަށް ކުންފުންޏަކުން މިފަދަ ގޮތަކަށް ހިންގާފައިވާ އެންމެ ބޮޑު މާލީ އަނިޔާއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި މާލީ އަނިޔާ ހިންގީ ކަރަންޓު ކޭބަލް ގަތުމާއި ޖަނަރޭޓަރު ސެޓުތައް ގަތުމާއި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އެކި މަސައްކަތްތައް ހިންގުމުގެ ނަމުގައެވެ.

ފެނަކައިގެ މާލީ އަނިޔާ ކުރުކޮށް

  • އޮޑިޓަށް ސާބިތުވާ މާލީ އަނިޔާ 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި
  • އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ޙަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ޙަވާލުކުރި މަޝްރޫޢު
  • ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ މާލީ އަނިޔާ
  • ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ މާލީ އަނިޔާ
  • ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ މާލީ އަނިޔާ
  • ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ މާލީ އަނިޔާ

އެހެންކަމުން އެމްޑީޕީ ވެރިކަމުގައި 2018 އިން 2023 އަށް ހިންގި މާލީ އަނިޔާ، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން މާލީ އަނިޔާތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަން ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1.8 މެގަވޮޓުގެ ޖެނެރޭޓަރު އައްޑޫއަށް ގެންގޮސްފި

ފެނަކަ ކޮރަޕްޝަން ގަރާރު ކޮމިޓީއަށް

112

ކުންފުނި މިހާރު ހިންގަނީ ގާނޫނާއެއްގޮތަށް: ފެނަކަ

Mal

ފެނަކަ ސަޢީދު 4 އަހަރަށް ޖަލަށްލުމަށް ކުރި ޙުކުމް އިސްތިއުނާފްކުރަނީ

TTH_advertisement