ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓްގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނު ކުރައްވައިފި

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ރ. އަލިފުށި މެޑޯޒް އިބްރާހިމް މާހިރު މިއަދު އައްޔަނު ކުރައްވައިފި އެވެ.

އިބްރާހިމް މާހިރަކީ ފެމިލީ ކޯޓްގެ ކުރީގެ އިސް ގާޒީ އެވެ. ހައިކޯޓްގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާ މަގާމަށް މާހިރު އައްޔަނު ކުރެއްވީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަންގައި އޮތް ބައްދަލްވުމެއްގަ އެވެ.

މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އެވެ.

ފަނޑިޔާރު ކަމަށް ހުޅުވާލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ނަން އަނބުރާ ނެގުމުންނެވެ. އެ މަގާމަށް ހުޅުވާލުމުން ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނު ކުރެއްވުމަށް ނިންމެވީ މިއަދު ޖޭއެސްސީން ބޭއްވި ބައްދަލްވުމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ