ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ފެށި އިންސްޕެކްޝަނުގެ ތެރެއިން 45 ތަނެއް ބަންދުކޮށްފިއެވެ.
ފުޑް އެންޑް ޑްރަގު އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން މާލޭ ސަރަހައްދުގައި އެ އިންސްޕެކްޝަން ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެ އިންސްޕެކްޝަންގެ އަދާހަކަ ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ބުނީ، އިއްޔެއާ ހަމައަށް 400 ތަނެއް ބަލައި ފާސްކޮށް 45 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސާފުތާހިރުކަން ދަށްވެގެންނާއި ހުއްދަ ނުހޯދައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިމެނޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި އިންސްޕެކްޝަނުގައި އެ ތަންތަން ބަންދުކޮށް ޢިމާރާތުގެ ބޭރުގައި ނޯޓިސް ހަރުކޮށްފައިވެއެވެ.




ކިޔުންތެރިންގެ ހިޔާލު