ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ މާދަމާއިން ފެށިގެން ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މި ބަދަލާއެކު ހުރިހާ އުޅަނދެއް އެއަރޕޯޓަށް ވަންނާނީ އެއަރޕޯޓުގެ އެންމެ ބޭރު މަގުންކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އަދި އެއަރޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ބޭނުންކުރާނީ ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅިކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެއަރޕޯޓުގެ ޓަރމިނަލް 1 އަދިި ޓަރމިނަލް ދެއަކަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް އެއަރޕޯޓުން ނުކުންނާނީ ޓަރމިނަލް 1ގެ ކުރިމަތީގައި އޮންނަ މަގުން ކަމަށެވެ. ޓަރމިނަލް އެކަކީ ދާދިފަހުން ހުޅުވި އައު ޓަރމިނަލެވެ.

މީގެ އިތުރުން ބޭރު މަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއަރޕޯޓުން ނުކުންނަށް ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅިކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް އެކި ފަހަރު މަތިން އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velaana airport macl

ފަސް މަންޒިލެެއްގެ ފްލައިޓުތަކާއެކު ރާއްޖެއަށް އިތުރު ފްލައިޓުތައް ފަށައިފި

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަނީ

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް

velana-seaplane-check-in

އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި