ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިފުށީ އެއާޕޯޓު އެޅުމާއި ހިންގުން އެމްއޭސީއެލްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށަައިފި

ތ.ވިލިފުށީގައި ތަރައްގީކުރާ އެއާޕޯޓު ތަރައްގީކުރުމާއި ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށް، އެ ރަށުގެ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.

ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންދާ ދަތުުރުފުޅުގެ ތެރެއިން ވިލިފުއްޓަށް ރޭ ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެމަނިކުފާނު އެ ވައުދުފުޅު ފުއްދަވާނެކަމުގެ ޔަގީންކަން ރަށު ރައްޔިތުންނަށް ދެއްވާފައެވެ.

ވިލިފުށީ ރައްޔިތުންނަށް އެންމެ މުހިއްމު މަޝްރޫއަކީ އެއާޕޯޓުކަން ފާހަގަކުރައްވަމުން، އެއާޕޯޓު އަޅާނީ ރައްޔިތުން ބޭނުންވާ ތަނުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން 30 މަސްދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވައިދެއްވާނެ ކަމަށެވެ.

އެއާޕޯޓު ތަރައްގީކުރުމާއި ހިންގުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ވިލިފުށީގައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ. އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންތައްތަކާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

އެއަށްފަހު އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ ޒަމީރެވެ. އެ މަސައްކަަތް ކުރަނީ އެމްއޭސީއެލްއިންނެވެ.

ރައީސް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވަކިވަކި ރަށްރަށަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް ތަރައްގީގެ އެކި މަޝްރޫއުތައް އެ ރަށްރަށުގައި ގެންދަވަނީ ފައްޓަވައިދެއްވަމުންނެވެ.

އޭގެ ތެރޭގައި އެއާޕޯޓާއި، ހޮސްޕިޓާތަކާއި ކުޅިވަރުގެ ވަސީލަތްތަކުގެ އިތުރަށް ރަށްްރަށުގެ އިގުތިސާދު އިތުރަށް ވަރުގަދަަކުރުމަށް ބޭނުންވާ ބިނާރުތަކުގެ މަސައްކަތް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް