ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުރުނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ތ. ބުރުނީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓްރީގެ ވަޒީރު މޫސާ ޒަމީރާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފެވެ.

އެމްއޭސީއެލް އާއި ހަވާލުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބުރުނީ އެފްއާރްސީގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރުންޏަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބުރުނީ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއޭސީއެލް އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 5.28 މިލިއަން ރުފިޔާއަށް 250 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

ބުރުނީ އެފްއާރްސީ އިމާރާތް ނިމޭއިރު އިންޑޯ ހޯލަކާއި އިންޑޯ ޖިމަކާއި އެރޮބިކްސްއަށް ހާއްސަ ތަންތަން ހުންނާނެއެވެ. އަދި މީޓިން ރޫމަކާއި އޮފީސްބައެއްވެސް މި އެފްއާރްސީގައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް