ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ފާސް ހޯދުމަށް ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައެއް ނުވޭ: ދިވެހި ޚާރިޖިއްޔާ

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ދެކެވޭ ވާހަކަ ދިވެހި ޚާރިޖިއްޔާ އިން ދޮގުކޮށްފި އެވެ.

ޚާރިޖިއްޔާއިން އެކަން ދޮގުކުރީ އެފަދަ މޭރުމަކުން ނަޝީދުގެ އޮފީހުން ބަޔާނެއް ނެރުމާއި ގުޅިގެންނެވެ. އެ ބަޔާނުގައި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ބުނެފައިވެ އެވެ.

އެކަމާއި ގުޅިގެން ޚާރިޖިއްޔާ އިން މިއަދު ބުނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން މި މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ ޢިއްޒަތް އެމަނިކުފާނަށް ވެސް ގެންދަނީ އަރުވަމުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ވާނީ ހަމަޖައްސާފައި ކަމަށް ޚާރިޖިއްޔާ އިން ބުނެ އެވެ.

އަދި ކުރިއަށް އޮތްތާނގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަޝީދުގެ ހިފެހެއްޓުމެއް ނެތް ތައުރީފް ފައްޔާޒަށް

އައު ޓާމިނަލްގެ ފިނި ހުރީ 15 ޑިގްރީ، އެތަން މާ ފިނި: ނަޝީދު

376730 3 Cd9a7f10187b86c2ffaa3b0d1a4326a283e03415 Medium

ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް: ރައީސް ނަޝީދު

TTH_advertisement