ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިފްރާހަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދެނީ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިބްރާހިމް އިފްރާހް އަރީފަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެފިއެވެ.

އުމުރުން 36 އަހަރުގެ އިފްރާހަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފެށީ އިއްޔެ ސްޓްރޯކެއްޖެހި ސިކުނޑިއަށް ލޭއެޅިފައިވާތީ ކަމަށް އާއިލާއިންވަނީ ބުނެފައެވެ. ސިކުނޑިއަށް އެޅިފައިވާ ލޭތައް ނެގުމަށް އިއްޔެ ވަނީ ސާޖަރީއެއް ހަދާފައެވެ.

އިފްރާހަކީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު ގައުމީ ޓީމުގެ ކީޕަރުންގެ ތެރޭގައި ހިމެނުނު ބަދަލު ކީޕަރެކެވެ. އޭނާއަކީ އެދުވަސްވަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފާހަގަކުރެވުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނުނު ކުޅަދާނަ ކީފަރެކެވެ. އެހެންނަމަވެސް ފަހުން އަނިޔާގެ ސަބަބުން ކުޅުމާދުރުގައި ހުރުމަށްފަހު ބޮޑު މުބާރާތެއްގައި އޭނާ ފެނިފައެއް ނުވެއެވެ.

އިފްރާހް އެންމެފަހުން ކުޅުނީ މީގެ 6 އަހަރުން ކުރިން ޓީސީ ސްޕޯޓްސް ކުލަބަށެވެ. އިފްރާހަކީ ކްލަބް ވެލެންސިޔާއިން ފުޓްބޯޅައިގެ ތެރެއަށް ނިކުމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ނިއުރޭޑިއަންޓާއި ވިކްޓްރީ އަދި ބީޖީއަށްވެސް ކުޅެފައިވާ ކީޕަރެކެވެ.

އިފްރާހަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭނާވަނީ އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ކޮލިފައިންގައި ރާއްޖެ ތަމްސީލުކޮށް ބައިނަލްއަގްވާމީ ގިނަ ތަޖްރިބާތާކެއްވެސް ހޯދާފައެވެ..

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

ދެއަހަރު ފަހުން ގަލޮޅު ދަނޑުގައި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

TTH_advertisement