ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

423442 6a9b6e94 9

މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީމަހު 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި އަދި ސެޕްޓްމެމްބަރު މަހުގެތެރޭގައި ބާކީ 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ގެދޮރު އެޅުމަށް މިއަހަރު ދޫކުރުމަށް ނިންމާފައިވާ ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތްތަކަށް ވަރަށް އަވަހަށް ލޯނުދޫކުރަން ފަށާނެކަން ހާމަކުރައްވާފައެވެ. އަދި އަންނަ އަހަރު ގެދޮރުއެޅުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު، ހުޅުވާލަން ނިންމަވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މުލީގެ ކުރިއެރުމާ ތަރައްޤީއާ ގުޅުންހުރި، މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި މަޝްރޫޢުތައްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ އޮކްޓޯބަރު މަހު، މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަންފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ގެނެސް މިއަހަރުގެ ނިޔަލަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުލީ – ނާލާފުށީގެ ކޯޒްވޭގެ މަސައްކަތް ލަސްވެފައިވަނީ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހުމުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިހާރު އެމަސައްކަތް ބާރަށް ކުރިއަށް ގޮސް ދާދި އަވަހަށް ނިމިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި، އަމަލީ މަސައްކަތްފެށި ނިމެމުންދާ މަންޒަރު ފެންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މިރޭގެ ޖަލްސާގައި ވަނީ، މުލީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މުލީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

Qw

ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސްގެ ޚިދުމަތެއް ފަށައިފި

453327 f666cc0d 8

ލުއިތަކަކާއެކު ކުދި އިންވެސްޓްމަންޓްތަކަށް އައްޑޫ ހުޅުވާލަނީ

dr muiz

ފުނަދޫ އެއާ ސްޓޭޝަން ހުޅުވައި މި އަހަރު ޚިދުމަތް ދޭން ފަށާނެ: ރައީސް

TTH_advertisement