ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

އިންޑިއާގެ ކާގޯ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ވެއްޓުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ “އެމްއެސްވީ ޑައުލާ” އިން ކަމަށެވެ. ވެއްޓިފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 23:35 ހާއިރު ކަމަށް ވިދާޅުވިއެވެ.

ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލެއިން ގެއްލިގެން ހޯދަމުންއައި މީހާ ފެނިއްޖެ، ޙާލު ރަނގަޅު

ވަގަށް ނެގި 100 އަށްވުރެ ގިނަ ސައިކަލު ހޯދައިފި

moosun

ލޭންޑިން ކްރާފްޓުން ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި

ގދ. ނަޑައްލާއިން މީހަކު ގެއްލިގެން ހޯދަނީ