ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓިކެޓް ގަތުމަށާއި ބޭރުގެ ހޮޓަލްތަކަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން 3000 ޑޮލަރު ހަމަޖައްސައިދޭނެ: ރައީސް

Mal

ރާއްޖެއިން ބޭރުގެ އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ބޭރުގެ ހޮޓަލްތަކަށް ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 3000 ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މ. މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރަށް ގޮސް ތިބޭ ހޮޓަލްތަކަށް ފައިސާ ދެއްކުމަށް 3000 ޑޮލަރު ހަމަޖައްސައިދިނުމަށް ބީއެމްއެލް އިން ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ ޑެބިޓް ކާޑުން ބޭރުގެ ޕީއޯސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ބޭންކްގެ އަހަރީ ދުވަހު، މި އަހަރުގެ އަހަރީ ދުވަހުން ފެށިގެން ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ،” ރައީސް ވިދާޅުވި އެެވެ.

ހަމަ އެތާރީހުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބީއެމްއެލްގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ނިންމުންތަކުގެ ސަބަބުން ބްލެކް މާކެޓްގައި ޑޮލަރު ގަތުމުގެ “އަޅުވެތި” ކަމުން ރައްޔިތުން ސަލާމަތްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް