ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް ބޭފުޅުން އައްޔަން ކުރައްވައިފި

Mal

“މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން” މަގުޗާޓުގައިވާ ކަންކަން ދައުލަތުގެ އަސާސްތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަންފީޒުކުރުމަށް އުފެއްދެވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން ޢައްޔަނުކުރައްވައިފިއެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
3- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު
4- މިނިސްޓަރ އޮފް ހެލްތް، ޢަބްދުﷲ ނާޡިމް އިބްރާހީމް
5- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރު
6- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަބްދުالله ފަޔާޟް
7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑޮކްޓަރ މުޙައްމަދު ކިނާނަތު
8- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާޙް ޚަލީލް
9- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ސަޢީދާ ޢުމަރު

“މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން” މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް