ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލަށް އިމާރާތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

މ. ދިއްގަރުގައި ހޮސްޕިޓަލް ގާއިމު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރައީސް މުއިއްޒު، ވ.، ފ.، މ.، އަދި ތ. އަތޮޅުގެ 25 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅުގެ ދިއްގަރަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތް މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމްގެ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެރަށުގައި ހޮސްޕިޓަލުގެ އިމާރާތް އެޅުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި، އެއީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.

ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އެޅޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ހުރިހާ ކަމެއް ފުރިހަމަވެގެން ދާނެ ކަަމަށާއި، ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމް ވަރުގަދަވެގެން ދާނެ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އިސްކަމެއް ދީގެން، ވަރަށް ގާތުން ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާއިންނާއި ކުންފުނިން މިކަމުގައި ވަރަށް އަވަހަށް މަސައްކަތްތައް ކުރިއަށް ގެންދާނެ،”. ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ރޯދައިގެ ތެރޭ ޖުމްހޫރީ މައިދާނާއި ހެންވޭރު ޓާމިނަލާ ދެމެދުގެ މަގު ހަދަން ފަށާނެ: ސައުދީ 

ބޮޑުތަކުރުފާނު މަގު: ތާރުޅައި ފުޅާކޮށް ދެކޮޅަށް ދުއްވޭގޮތަށް ހުޅުވާލައިފި

Screenshot 2026 02 16

ބޮޑުތަކުރުފާނުމަގު ގަސް އިންދުމުގެ ހަރަކާތެއް

TTH_advertisement