ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވާލުމުގައި ރައްޔިތުން ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ހުރިހާ ރަށެއްގެ، ރައްޔިތުންގެ ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މ.މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މ.މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވުން

މުލަކުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ތަސްވުރަކީ 2040 ވަނަ އަހަރަށްދާއިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވާސިލުވެ، ދުނިޔޭގެ ކުރިއަރާފަވާ ޤައުމުތަކާ ދިވެހިރާއްޖެ ފައިހަމަކުރުންކަމަށެވެ. އަދި އެކަމަށް ވާސިލުވެވޭނީ އާބާދީއަށް ބެލުމެއް ނެތި ރަށްތަށް ތަރައްޤީވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

“ރައްޔިތުންނާ ކައުންސިލްތަކުގެ ފުރިހަމަ މަޝްވަރާއާ ބައިވެރިވުން މި ޕްލޭނަށް ބެނުންވޭ. ބޭނުންވަނީ ރައްޔިތުން ބޭނުންވާ މިސްރާބަށް ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނަން. ސިޔާސީ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ތަރައްޤީ އެކޮޅުކޮޅުން ޖެހިގެން ދާކަށް. އެހެންވީމަ މި ޕްލޭން ލިޔެބި ޤާނޫނީ ބާރުވެރިކަން ދީ ޙިމާޔަތްކުރަނީ.” ރައީސް

ރައީސް ވިދާޅުވީ ސަރުކާރުގެ އިއުލާންކުރައްވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢުއަކީވެސް ޤައުމީ ތަރައްްޤީގެ ޕްލޭންގެ ވަރަށް ބޮޑު ބައެއްކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލުމާ، ދެ ފުއް ފެންނަ ނިޒާމެއް ޤާއިމުކުރެވިގެންދިއުމަކީ، ކޮރަޕްޝަން ހުއްޓުވި ރައްޔިތުންގެ އިތުބާރު ސަރުކާރާމެދު ދެމެހެއްޓޭނެ އެންމެ މުހިންމު މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

“ކައުންސިލްތައް، މިނިސްޓްރީތައް، ބެންކިން ނިޒާމު، ކުންފުނިތައް އަދި ޖުޑީޝަރިގެ ޚިދުމަތްވެސް ގުޅާލެވި، ދެފުއްފެންނަ ގޮތުގައި ޚިދުމަތްތައް ބައްޓަންވާނީ.” ރައީސް

ރައީސް ވިދާޅުވީ 2027 ވަނަ އަހަރު އަދި 2028 ވަނަ އަހަރުގެ ކުރީކޮޅު، ބަޖެޓުގައި ހިމަނުއްވައިގެން މޯލްޑިވްސް 2.0 މަޝްރޫޢުގެ ވަރަށް މުހިންމު މަސައްކަތްތައް ކުރެވިގެންދާނެކަމަށެވެ. އަދި އެ ނިޒާމުވެގެންދާނީ ރައްޔިތުން ހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ބަރޯސާވެވޭ ނިޒާމަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން 20 އަހަރުގެ ތަރައްޤީގެ ޕްލޭން ސަރުކާރުން ފައިނަލްކޮށް ތަންފީޒުކުރާނީ، ރައްޔިތުންގެ ފުރިހަމަ ރުހުމުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާ އަންނަ ޖެނުއަރީމަހު އިފްތިތާހުކުރާނެއެވެ. އަދި އެ ޕްލޭން ރައްޔިތުންނާ ޙިއްސާކޮށް، ޕްލޭން ފައިނަލް ކުރާނީ ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެންކަމާށާ، ޖުލައިމަހު ޕްލޭންއަށް ޢަމަލުކުރަން ފެށުމަކީ ޢަމާޒުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް