ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން އދ. ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ގައުމުތަކަށް ވެސް ލިބުނު އުއްމީދެއް: ރައީސް

Mal

ދިވެހިރާއްޖެއިން އދ. ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ޤައުމުތަކަށް ވެސް ލިބުނު އުއްމީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

“އަޅުގަނޑުމެން ދައްކާފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،” އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ދިވެހި ރާއްޖެއިން އދ. ގައި ދައްކާފައިވާ ހަރުދަނާ ލީޑަޝިޕަށް އަލިއަޅުއްވާލައްވައި، ތަރައްޤީވަމުންއަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް ދުނިޔެ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދ. އާއި އެހެން ޖަމާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ހެއްކެއްގެ ގޮތުން، މިހާރު ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ފާހަގަކުރައްވައި އެކަމުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ގޮތެއް ނިންމުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި މީގެ 60 އަހަރު ކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުން އެއީ، ރާއްޖެއަށް ލިބުނު އުއްމީދަކާ އަޒުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެއީ، ބައިނަލްއަޤްވާމީގޮތުން އެކި ޤައުމުތަކާއި ގުޅުންބަދަހިކުރުމަށް ލިބުނު ބާރެއް ކަމަށްވެ ސް އެމަނިކުފާނު ވިދާޅުވިއެވެ. މި މުނާސަބަތަކީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ. އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެއް ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހިރާއްޖެއިން އދ. ގައި އަދާކުރާ ރޯލް ފާހަގަކުރައްވައި، އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ގަވަނަންސް އާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހުރިހާ ޤައުމުތަކުން ގުޅިގެން އިންސާފުވެރި، ހުރިހާ ފަރާތެއްގެ ޝާމިލްވުން ހިމެނޭ، އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.

ދިވެހިރާއްޖެއިން އ.ދ. ގައި ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އ.ދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަކޮށް، އ.ދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ބައިނަލްއަގުވާމީ ގޮތުން ޑިޕްލޮމަސީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމާއި ބާރުވެރިކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަށް އ.ދ. ގައި ޤަރާރެއް ފާސްކުރުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Thiykan kuridhuva kurimeehunaa liyumugai nethumakee liyumugekusheh

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް