ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުން ފެނިގެން މަގުމައްޗަށް އުކާލި ޕެކެޓުތަކެއްގައި މަސްތުވާތަކެތި ހުރުމުން ޒުވާނަކު ހައްޔަރުކޮށްފި

Mal

ފުލުހުން ފެނިގެން މަގުމައްޗަށް އުކާލި ޕެކެޓުތަކެއްގައި މަސްތުވާތަކެތި ހުރުމުން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ތ. ތިމަރަފުށި / މާޖެހިގެ، މާދިން މުޙައްމަދު ނަޞީރު (19އ) އެވެ. މާދިން ހައްޔަރުކޮށްފައިވަނީ، ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ކަންނެލި ޖެޓީ ސަރަޙައްދުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މާދިން އަށް ފުލުހުން ފެނުމުން، އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާފައިވާކަމަށެވެ. އެހެންކަމުން، ފުލުހުން އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ