ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ޑޮކްޓަރުންނާއި ނަރުހުންނަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

Whatsapp image 2025 09 21 at 09.33.40

މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް, ޑޮކްޓަރުންނާއި ނަރުހުންނަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ދިވެހި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ, ގދ. ވާދޫ, ފުރުސަތު, ލޫތު އިބްރާހީމް, 28, ކަމަށެވެ.

އޭނާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކާ ގުޅިގެންނެވެ.

ލޫތު ވަނީ ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކައިފައެވެ. އަދި އޭނާގެ ޖީބުން ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރީ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އިއްޔެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ސިނގިރޭޓް ކޮންޓެއިނަރު އުފުލި ދޯނީގެ ކައްޕި ހައްޔަރުކޮށްފި

addu city

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

Ii

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

TTH_advertisement