ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެޔޮދޫގައި އަންނަ އަހަރު ޑޮލަރު އޭޓީއެމެއް ބަހައްޓާނަން: ރައީސް

Mal

ވ. ކެޔޮދޫގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ހެނދުނު ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅައި އެމަނިކުފާނު ވިދާޅުވީ ކެޔޮދޫއަކީ ލޯކަލް ޓޫރިޒަމްވެސް ވަރަށް ފުޅާ ރަށެއް ކަމަށާއި އެ ރަށުގައި ވަރަށް ގިނަ މީހުން އެ ވިޔަފާރި ކުރާ ކަމަށެވެ. އަދި ރައީސް ވަނީ އެކަމަށްޓަކައި އެ ރަށުގެ ވިޔަފާރިވެރިންނަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށްޓަކައި ސަރުކާރުން އެކިކަހަލަ ލޯން ސްކީމްތައް ވެސް ތައާރަފްކުރުމަށް އެމަނިކުފާނުގެ ސިޔާސަތުގައި ހިމަނާފައިވާނެ ކަމަށެވެ.

“އެހެންވީމަ މިރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް އިތުރަށް ކުރިއެރުވުމަށްޓަކައި އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދެން،” ރައީސް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމެއް ގާއިމްކުރީ ވެސް މި ސަރުކާރުންނެވެ. އެއީ ކ. މާފުއްޓެވެ. މާފުށީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫގައި ވެސް ވަނީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފަ އެވެ.

މީގެއިތުރުން އއ. ރަސްދު އާއި ތޮއްޑު އާއި އުކުޅަހުގައި ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފައެވެ.

މިކަމުގެ ސަބަބުން އެ ރަށްރަށުގެ ވިޔަފާރިވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް