ކުއްލި ޚަބަރު

ދ. މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ބަހަން މިއަދު ފަށާނެ: އައިޑީކާޑަކަށް ގިނަވެގެން ދެ ކޭސް

ހުޅުމާލެއިން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވިއްކުން މަނާ ބޭހެއް ޑްރަގް ބޭނުންކުރާ މީހުންނަށް އެބަ ވިއްކާ: ލުބުނާ

Mal

ވިއްކުން މަނާ ބޭހެއް ޑްރަގް ބޭނުންކުރާ މީހުންނަށް ވިއްކާ މައްސަލައެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސަމާލު ކަމަށް އައިސްފި އެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު ހުސައިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑްރަގް ބޭނުން ކުރާ މީހުންނަށް ވިއްކަމުން އަންނަނީ ބިއުޕްރެނޯފިން ކިޔާ ބޭހެއް ކަމަށެވެ. އޭގެ 10 ޓެބްލެޓެއް 2،000 ރުފިޔާއަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ލުބުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިއުޕްރެނޯފިން ވިއްކަމުންދާ ޑީލަރުގެ މައުލޫމާތުތައް އެކިއެކި ފަރާތްތަކުން ވަނީ ފުލުހުންނަށް ކިޔައިދީފައި ކަމަށެވެ.

ކޮންޓްރޯލްޑް ޑްރަގުގެ ބާވަތްތައް ވިއްކުމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަކިއެއްޗެއް އަދި ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

178 މީހުންނާއިއެކު ރިމާންޑު ސެންޓަރުތަކުން ފަރުވާދޭން ފަށައިފި

TTH_advertisement