ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުލިދޫގައި ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ވ.އަތޮޅު ފުލިދޫގައި މިއަދު ދޭން ފަށައިފިއެވެ.

ފުލިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ.މުއިއްޒުއެވެ.

އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން އެމަނިކްފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައވެެ. އަދި ފައިސާ ނެންގެވި ކާޑު ވަނީ ފުލިދޫ ކައުންސިލަށް އަރުވާފައެވެ.

ބީއެމްއެލުން ބުނީ ފުލިދޫގައި ގާއިމްކުރި އޭޓީއެމުން 24 ގަޑިއިރު ފައިސާ ނަގައި ޖަމާކުރުމުގެ ހިދުމަތް ލިބޭނޭކަމަށެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް އެ އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.

ބީއެމްއެލުން ވަނީ މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ 11 ރަށަކަށް އޭޓީއެމްގެ ހިދުމަތް ދީފައެވެ. މިއީ މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށޔުން ކުރިއަށްގެންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ