ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ކަނޑުމަސް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް މަގުފަހިވެއްޖެ

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑުމަސް އެކްސްޕޯޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ މުހިންމު މަޝްވަރާތަކެއް ދެ ޤައުމުގެ ވެރިން ކުރިއަށް ގެންގޮސްފިއެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ ބޭއްވި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފުޅާކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނެވެ.

ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި އެހީތެރިވުމަށް އިނގިރޭސިވިލާތުން ވަރަށް ބޮޑަށް ޝައުޤުވެރިވެއެވެ. މީގެ އިތުރުން، މި މަޤްޞަދު ހާސިލުކުރުމަށް ދެ ޤައުމުގެ މެދުގައި ޤާއިމުކޮށްފައިވާ ވޯކިންގ ގްރޫޕްގެ މުހިންމުކަން ވެސް އެމަނިކުފާނު އުފުލާ ދެއްކެވިއެވެ.

ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކުގެ ތެރޭގައި، ފްރީޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ދަށުން ލިބިދާނެ ފައިދާތައް ދިރާސާކުރުމާއި، ދިވެހި ދަރިވަރުންނަށް އިނގިރޭސިވިލާތުން ލިބޭ ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުން ހިމެނެއެވެ. ހާއްޞަކޮށް ދިވެހި ކަނޑުމަސް އިނގިރޭސިވިލާތުގެ މާކެޓަށް ވަނުމަށް ހުރި ހުރަސްތައް ނައްތާލައި، އެކްސްޕޯޓް ކުރުމަށް މަގުފަހިކުރުމަކީ މި މަޝްވަރާގައި އިސްކަމެއް ދެވުނު ކަމެކެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އޯޝަން ކްލައިމެޓް ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ވޯކްޝޮޕާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން ހިންގާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ވެސް ތަފްސީލީ މަޝްވަރާތަކެއް ކުރެވުނެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ދިގު ތާރީޚެއް ހިނގައިދިޔަ ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާތަކުން ދެ ޤައުމަށް ފައިދާ ލިބޭނެ ގޮތަށް ގުޅުން ފުޅާކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއެވެ. ޚާއްޞަގޮތެއްގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިނގިރޭސިވިލާތުގެ މާކެޓަށް ވަނުމުން، ދިވެހި މަސްވެރިންނަށް އާ ބާޒާރެއް ހުޅުވި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

masverin

މި މަހު މަސްވެރިންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި

masverin

މަސްވެރިންނަށް 13.8 މިލިޔަން ރުފިޔާ ދޫކޮށްފި