ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ސިޓީކައުންސިލާ ގުޅިގެން ރެޑްކްރެސެންޓުން ބަލިމީހުން އުފުލަނީ

މާލޭ ސިޓީ ކައުންސިލާ ގުޅިގެން، މޯލްޑިވްސް ރެޑް ކްރެސެންޓުން ބަލިމީހުން އުފުލުމުގައި އެހީތެރިވާން ނިންމައިފިއެވެ.

މާލެ ސިޓީކައުންސިލުން އިއްޔެ ކުރިޔަށްގެންދިޔަ އެ ކައުންސިލުގެ 212 ވަނަ ޖަލްސާގައި މާލެ ސިޓީކައުންސިލުގެ މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ، އެ ކައުންސިލުގެ ގަރާޖުގައި ރެޑް ކްރެސެންޓުގެ ބަލި މީހުން އުފުލުމަށް ބޭނުންކުރާ ދެ ވެހިކަލް ބާއްވަ ދިނުމަށް ރެޑް ކްރެސެންޓުން އެދިފައިވާތީ އެކަމުގެ ހުއްދައަށެވެ.

ބަދަލެއްގެ ގޮތުން އަހަރަކު 88 ހާސް ރުފިޔާ ރެޑް ކްރެސެންޓުން ސިޓީކައުންސިލަށް ދޭ ގޮތަށެވެ. އެއީ ޕެޓްރޯލުގެ ހަދަރުތަކަށްކަމަށާއި އެ ކައުންސިލުން އައްޔަން ކުރާ ހަތަރު މުވައްޒަފަކަށް އެކަމުގެ ޓްރޭނިން ދިނުމަށްވެސް ރެޑް ކްރެސެންޓުން އެދޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މޭޔާ ވިދާޅުވީ މާލެ ފަދަ އާބާދީ ގިނަތަނެއްގައި ރެޑް ކްރެސެންޓުން އެ ހިދުމަތް ދޭއިރު ސިޓީކައުންސިލުންވެސް އެކަމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

“އަޅުގަނޑު ދެކޭގޮތުގައި އެމީހުންނަށް ވެހިކަލް ބާއްވާނެ ތަނެއް ދޭން އެބަޖެހޭ. ވެހިކަލް ބާއްވާފައި ރައްޔިތުން އެކިއެކި ގޭގޭގައި ތިބޭ، ނުދެވިފައި ތިބޭ މުސްކުޅިން، ބަލި މީހުން ގެންދިއުމަށް ދެ ފަރާތުން އެއްބަސްވެއްޖެ ކަމަށްވަންޏާމުން، އަޅުގަނޑުމެންނާ ގުޅީމަވެސް އެމީހުންނާ ގުޅީމަވެސް ވަގުތުން އެކްޓިވޭޓް ވެގެންގޮސް އެމީހުން ތަންތަންތަނަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ކަންތައް ކުރެވޭނެ.” މޭޔަރު

އޭގެ އިތުރުން ވެހިކަލަށް ކުރާ ހަރަދާއި އެ މެއިންޓެނަންސް ކުރުމުގެ ހަރަދަތައް ބެލުމުގެ ކަންކަން ކުރިޔަށްގެންދަން ނިންމާފައިވަނީ ރެޑްކްރެސެންޓުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ދެ ފަރާތުން ގުޅިއްޖެ ކަމަށްވަންޏާ. އެމްއާރުސީއަކީ ގާނޫނަކުން އުފެދިފައިވާ ޖަމިއްޔާއަކަށްވާއިރު، މި ކަހަލަ ފަރާތަކާއެކު މިކަހަލަ ހިދުމަތެއް ދިނުމަކީ އަޅުގަނޑމެންނަށްވެސް ލިބޭ ރަނގަޅު ކަމެއް އަދި އެމީހުންނަށްވެސް ލިބޭ ފުރުސަތެއް.” މޭޔަރު އާޒިމް ވިދާލުވިއެވެ.

މި ކަން އެ ކައުންސިލުގެ އިއްޔެގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މި ފަދަ ޚިދުމަތްތައް ދިނުމުގައި ރެޑް ކްރެސެންޓުން އަންނަނީ ކަމާ ގުޅޭ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި