ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އެސްބީއައިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓީ ބިލް ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލު އަނބުރާ ދައްކަން ޖެހޭ ތާރީޙު ފަސްކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ މާލީ ވުޒާރާއި އިންޑިއާ ހައިކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ ވުޒާރާގެ އިސް ވެރިން ވަޒީރު އަރިހުގައި ބައިވެރިވެވަޑައިގެންނެވިއިރު، އިންޑިއާ ސަފީރު އަރިހުގައި އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބަދައްލުވުމުގެ ބޭނުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން މުރާޖަޢާކޮށް ހަރުދަނާކުރުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ގިނަ ކަންކަމާއި މެދު މަޝްވަރާކުރެވިގެން ދިޔައިރު، އެންމެ މުހިއްމު އެއް ކަމަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާކަން ކަށަވަރުވުވެގެން ދިއުންކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މި ޓްރެޝަރީ ބިލުގެ މުއްދަތު ހަމަވާން އޮތީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މާލީ ވުޒާރާއިން ވިދާޅުވީ މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަމެވެ.

މި ބައްދަލުވުމުގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުވީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވައި، ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެއިތުރުން، މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. އަދި ދެފަރާތުންވެސް ވަނީ އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން، މި ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވެއެވެ. އެގޮތުން ދެ ޤައުމު ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮށްފައިވާއިރު، އިޤްތިޞާދީ އަދި މާލީ ދާއިރާގެ ބައެއް އެއްބަސްވުންތަކުގައިވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާއި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ރައްކާތެރިކަމާއެކު މަގު ހުރަސް ކުރުމަށް ހޭލުންތެރިކުރުމަށް ހަރަކާތެއް ފަށައިފި

އޭޝިއަން ކަޕް ކޮލިފައިންއަށް ގައުމީ ފުޓްސަލް ޓީމު މިޔަންމާއަށް

އޭޝިއަން ބޭންކަރސް ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި

TTH_advertisement