ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ އުސޫލުތައް މަޖިލީހުގެ ޤަވާއިދުގައި ހިމަނަން ނިންމައިފި

majilis

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ އުސޫލެއް އެކުލަވާލައި، އެއާއި ޚިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. މިކަން މަޖިލީހުގެ ރިޔާސަތުން ހާމަކޮށްފައިވަނީ ދައުރުން ބޭރުން މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި “މޯލްޑިވްސް މިޑިއާ އެންޑް ބޮރޯޑްކާސްޓިންގ ރެގިއުލޭޝަން” ބިލު ދިރާސާކޮށް އިސްލާހުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮމިޓީ ސިއްރުކޮށް މަސައްކަތް ކުރިއަށް ގެންދިޔައިރު، ކޮމެޓީއަށް ހާޒިރުވި ބައެއް މީޑިއާތަކަށް ނިސްބަތްވާ ފަރާތްތަކުން ވަނީ ބިލު ކޮމެޓީން ފާސްކުރުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖް ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީގެ މަސައްކަތަށް ހުރަސް އެޅޭގޮތަށާއި، މަޖިލީހުގެ ކަރާމާތައް އަންނަ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް ކޮމެޓީ އަޑު އެހުމުގެ ފުރުސަތު ދިން ފަރާތްތަކުން ޢަމަލުކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ ރިޕޯޓެއް މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ރިޔާސަތަށް ހުށަހަޅާފައިވާ ވުމާއި ގުޅިގެން އެ މައްސަލަ އާންމު ކޮމެޓީއަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

“އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށާއި، މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން ޢަމަލުކުރާނެ އުސޫލުތަށް ކަނޑައަޅައި، އެކަންކަމަށް ހާޒިރުވާ ފަރާތްތަކުން ޚިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ބަޔާން ކުރުމަށް ދެވޭ އިރުޝާދެއް” މަޖިލީހުގެ ނައިބު ރައީސް

މީގެ އިތުރުން ކޮމެޓީގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މަޖިލީހުގެ ދެ މެންބަރެއްގެ ދެމެދު ހަމަ ނުޖެހުންތަކެއް ހިންގައި ކޮމެޓީގައި ބެހެއްޓިފައިވާ މަޖިލީހުގެ ސައުންޑް ސިސްޓަމުގެ ބައިތަކަށް ގެއްލުން ލިބިފައިވާތީ، އެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް ފޮނުވަން ނިންމާފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.

މިޑީއާ ރެގިއުލޭޝަންގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މަޖިލީހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި، ބައެއް މީޑިއާތައް ހިމެނޭހެން އިހުތިޖާޖުކޮށްފައިވެއެވެ. ނަމަވެސް މިޑީއާ ރެގިއުލޭޝަން ބިލުގެ މަސައްކަތް ނިންމާ މިހާރު ވަނީ ބިލު ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

majlis

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީ

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

dr khaleel

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

TTH_advertisement