ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިމޮކްރެސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމެއް ނޫން: މަޖިލީހުގެ ރައީސް

1234

ޑިމޮކްރަސީއަކީ ހިތަށްއެރިހާ ވާހަކައެއް ދެއްކުން ނޫންކަމަށާއި އަދި އެއީ ހިތަށްއެރިހާ އެއްޗެއް ލިޔުމެއްވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ މިއަދަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސްކަން ފާހަގަކުރައްވާ މެންބަރުންނަށް ދުވަހުގެ ތަހުނިޔާ ކިޔުއްވާފައެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަޖިލީހުގެ މެންބަރުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ޑިމޮކްރަސީގެ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި، ޚިޔާލު ތަފާތުވުން އޮތްނަމަވެސް ޤައުމީ ކަންކަމުގައި ޤައުމުގެ މަސްލަހަތު އިސްކުރައްވައިގެން މެންބެރުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ޚިޔާލު ތަފާތުވުމަކީ ކަންކަން ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެކަމަކީ ޑިމޮކްރަސީއާ ދުރަށް ދެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

”ޑިމޮކްރަސީއަކީ ހިތަށްއެރިހާ ވާހަކައެއް ދެއްކުމެއް ނޫން، ހިތަށްއެރިހާ ކަމެއް ކުރުމެއްވެސް ނޫން، ހިތަށްއެރިހާ އެއްޗެއް ލިޔުމެއްވެސް ނޫން.“

މީގެއިތުރުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ގަބޫލުކުރައްވައިގެންތިއްބަވާ، ޤާނޫނުތަކާއި ގަވައިދުތަކާއި ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން މެންބަރުން މަސައްކަތްކޮށްދިނުމަށްވެސް މަޖިލިސް ރައީސް އަބްދުއްރަހީމް އެދިވަޑައިގަތެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަސް ފާހަގަކުރަނީ އިންޓަނޭޝަނަލް ޑިމޮކްރަސީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް ވަޑައިގެންފި

778

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް މާލެ ވަޑައިގެންފި

Dd

ޕީއެންސީގެ ޖަލްސާގައި އުންމީދު އާވާނެ އެތައް ކަމެއް އިއުލާންކުރާނެ: އަބްދުއްރަހީމް

ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި މަޖިލީހުގެ ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ: އަބްދުއްރަހީމް