ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ދިން ހަމަލާއަކީ ގަތަރުގެ މިނިވަންކަމަށް އަރައިގަތުން: ރައީސް މުއިއްޒު

419840 16f52047 b

އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ ޤަޠަރުގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށާއި، މުޅި އަރަބި އަދި އިސްލާމީ ދުނިޔޭގެ ޤަދަރަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދޯހާގައި މިއަދު ބޭއްވުނު ކުއްލި އަރަބި-އިސްލާމިކް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ މިއީ އިންސާނިއްޔަތާ ދެކޮޅު އަމަލެއް ކަމަށާއި، ސުލްހައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. ”ޣައްޒާގައި ސުލްހަ ޤާއިމްކުރުމަށް މަސައްކަތްކުރާ މައިގަނޑު ފަރާތެއްގެ ގޮތުގައި ޤަޠަރު އޮތްއިރު، އެ ޤައުމަށް އަދަބު ދިނުމުގެ ބަދަލުގައި ޝުކުރުވެރިވާންޖެހޭ“ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މިއީ އިސްރާއީލުން ކުރަމުންދާ ގިނަ ލާއިންސާނީ ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކުގެ ތެރޭގައި ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމާއި، އާންމު ރައްޔިތުންނާއި، ޑޮކްޓަރުންނާއި ނޫސްވެރިން އަމާޒުކޮށް ހަމަލާދިނުން ހިމެނެއެވެ.

އިސްލާމީ އުއްމަތުގެ އެއްވެސް ޤައުމަކުން އެކަނި ކުރިމަތިލާން ނުޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ވަނީ ދިވެހި ރައްޔިތުން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ތިބިކަމަށް ވިދާލުވެފަ އެވެ. އަދި އިސްރާއީލުގެ ލީޑަރުން ހަނގުރާމައިގެ ކުށްތަކަށް ޖަވާބުދާރީ ކުރުވަން ސިޔާސީ، އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.

މި ސަމިޓަކީ އިސްރާއީލުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ބާއްވާ ސަމިޓެކެވެ. އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާ މި ސަމިޓުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ނާޒުކު ހާލަތާ ގުޅޭގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިއީ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ސަރަޙައްދުގައި އަމާންކަމާއި ސުލްޙަ ޤާއިމުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މުސްލިމް އުއްމަތުގެ އެއް އަޑެއް އުފުލުމަށް ލިބޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި ގިނަ ގައުމުތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް