ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ދެ ފޭސް ގުޅުވައިދޭ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ނުދުއްވުމަށް އަންގައިފި

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ފަހަރު ނުދުއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީއިން ވިދާޅުވީ ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި ގުޅޭ ސަރަހައްދުގެ ޗެނެލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދަކީ އެޗްޑީސީގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމަކީ އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.

އަދި އެ ސަރަހައްދުގެ މޫދުގައިމުރަކަ އިންދައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ދަތިވާތީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދު ފަަހަރު އެ ސަރަހައްދުގެ ތެރޭގައި ދުއްވުމަކީ މަނާކަމެއްކަމުގައި ވިދާޅުވިއެވެ.

އެޗްޑީސީއިން ވިދާޅުވީ އެި ފުރުސަތުގައި އެ ކޯޕަރޭޝަނުގެ ފަރާތުން އަންގާ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ