ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ ނައިބަކަށް ޝަފީޤް ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސަކަށް މުޖްތާޒް، ނާއިބަކަށް ނާސިޙް ޢައްޔަންކުރައްވައިފި

އިސްލާޙުުތަކާއެކު މަޖިލީހުގެ މެޖޯރިޓީން މީޑިއާ ބިލް ފާސްކޮށްފި

ޑިމޮކްރަސީ ނިޒާމު ހަރުދަނާކުރުމަށް ފަސް އަހަރު ދުވަހުގެ ޕްރޮގުރާމެއް ފަށަނީ

election commission

ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކުރުމަށް 5 އަހަރު ދުވަހުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިކަން ހާމަކުރެއްވީ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ވެށި ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ޑިމޮކްރަސީގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުން ކަމަށެވެ. އެގޮތުން ޑިމޮކްރަސީގެ ނިޒާމެއް ރާއްޖޭގައި އޮންނައިރު، ރައްޔިތުންގެ ބައިވެރިވުމާއެކު އެންމެ ފުރިހަމަ ގޮތުގައި ނިޒާމު ކުރިއަށްގެންދެވޭނެ ގޮތަކާމެދު ރައްޔިތުން ހޭލުންތެރިކުރަންޖެހޭކަމަށް ޒާހިދު ވިދާޅުވިއެވެ.

“ޑިމޮކްރެޓޮކް ވެށްޓެއްގައި ބައިވެރިވެގެން މަސައްކަތްކުރުމުގެ ފުރުޞަތު މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ލިބެންޖެހޭ. ސިޔާސީ ޕާޓީތަކުންވެސް ވިސްނަންޖެހޭ ޕާޓީ ހިންގުމުގައި ރައްޔިތުން ބައިވެރިކޮށްގެން ރަށު ފެންވަރުގައިވެސް ދާއިމީ ގޮތެއްގައި ހަރަކާތްތަކެއް ހިންގަން.” ޒާހިދު

10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ބޮޑު އެހީއެއްދޭކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށްޓަކައި ޕާޓީތަކުންކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ޕާތީތަކުގެ މެންބަރުން ނިޒާމަށް އަހުލުވެރިކުރުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޒާހިދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުންވެސް އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާ ގުޅިގެން ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށްޓަކައި 5 އަހަރު ދުވަހުގެ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ރާވަމުންދާކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

“މުޅި ރާއްޖެއަށް ރަނގަޅު ގޮތް ހޯދައިދިނުމަށްޓަކައި ޕާޓީތައް ގުޅިގެން މަސައްކަތްކުރަންޖެހެނީ. ޑިމޮކްރަސީއަކީ ފައިދާ ލިބޭ، ރައްޔިތުން ބަލައިގަންނަ އެއްޗަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަންޖެހިފައި އެބައޮތް. ހިންގާ ބައެއް ޕްރޮގުރާމްތަކުން އެބަ ދެނެގަނެވޭ ޒުވާނުން މި ނިޒާމަށް ކުރާ އިތުބާރުކުޑަކަން. ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް މަދުވާ ތަން އެބަފެނޭ.” އީސީގެ ރައީސް

އީސީގެ ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވާނީ ޕާޓީތަކާއި ޢާންމު ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި ގިނަ ޕާޓީ އެކުލެވޭ މި ނިޒާމުގެ ތެރެއިން ސިޔާސީ ޕާޓީތައްވެސް ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees Muiz

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފި

އަލިބާބާގެ ޚާއްސަ ތަމްރީނު ޕްރޮގްރާމް 700 ބައިވެރިންނާއެކު ފަށައިފި

އެޗްއާރްސީއެމްގެ ނައިބަކަށް ޝަފީޤް ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސަކަށް މުޖްތާޒް، ނާއިބަކަށް ނާސިޙް ޢައްޔަންކުރައްވައިފި

TTH_advertisement