ކުއްލި ޚަބަރު

ރައީސްގެ ވައުދާއެއްގޮތަށް އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކޮށްފި، ހަތަރު ކުދިން ތިބޭނަމަ 15،000ރ. ލިބޭ

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސްކޭމްގެ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވޭ: ފުލުހުން

މުޖުތާޒު ސީއެސްސީގެ ރައީސަކަށް, ނާސިހު ނާއިބަކަށް އައްޔަންކުރަން ފޮނުވައިފި

ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް، ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ނާސިހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މީގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މ. ޕޮޕީ، މުހައްމަދު ޝަފީގު އައްޔަން ކުރުމަށްވެސް ވަނީ ފޮނުވައިފައެވެ.

އެ ބޭފުޅުން އެމަގާމުތަކަށް އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ ކަމާބެހޭ ކޮމިޓީތަކަށް ފޮނުވައިފައެވެ.

އެގޮތުން ސީއެސްސީއަށް ރައީސް އާއި ނާއިބު ރައީސް އައްޔަންކުރުމަށް ފޮނުވި މައްސަލަ ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ. އެޗްއާރުސީއެމްގެ ނައިބު ރައީސްކަަމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް، ފޮނުވީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

އެ މައްސަލަތައް ކޮމިޓީތަކުން ދިރާސާކުރުމަށްފަހު، މަޖިލިސް ތަޅުމަށް ފޮނުވުމުން އެބޭފުޅުނަށް މަޖިލީހުގެ ރުހުން ދިނުމާބެހޭގޮތުން ވޯޓަށް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ސާވިސް ގަވާއިދަށް ބޮޑު ދެ ބަދަލު

Whatsapp image 2025 09 07 at 19.33.36

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

112

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

TTH_advertisement