ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފަށައިފި

Mal

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތައް މިއަދު ހަވާލުކުރަން ފަށައިފިއެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ، މި މަހު ތިން ވަނަ ދުވަހުއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅިފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައް ވެސް ވެރިފަރާތާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި