ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމް މައްސަލަތަކުން ރައްކާތެރިކުރުވުމަށް ފޯކައިދޫ ރައްޔިތުންނަށް މައުލޫމާތު ދީފި

112

ސްކޭމް މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ށ. ފޯކައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ފޯކައިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އަދި މި ސެޝަނުގައި، މައުލޫމާތު ދީފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ފަރާތުންނެވެ.

ފުލުހުން ބުނީ އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ބްލެކްމެއިލްކޮށްގެން ހިންގާ ކުށްތަކާއި އެފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، ތިމާގެ ޒާތީ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށާއި ކޭޝްކާޑު، ޕިންނަންބަރު ފަދަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން، ސްމާޓް ފޯނާއި ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކްސް އާލާތްތައް ރައްކާތެރިކުރާނެ ގޮތްތަކާއި އީމެއިލް އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޕްރައިވަސީ ސެޓިންގ ހަދާނެގޮތް ކިޔައިދީފައިވާއިރު، މި ވަސީލަތްތައް މެދުވެރިކޮށް ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކާއި ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ބަވަނަ ވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީގެ ތެރެއިން ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބެލެނިވެރިއަކަށް ވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން މިފަދަ މުޖުތަމައެއްގައި ނަމޫނާ ބެލެނިވެރިއެއްގެ ދައުރާއި ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއެކު ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ރަނގަޅު އަހުލާގެއްގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އެކަން މޮނީޓަރކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވާއިރު، ރައްކާތެރި ނޫންގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ދިމާވާނެ ނޭދެވޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށާއި، ބައެއް އެޕްލިކޭޝަންތަކުގެ އެހެނިހެން މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްޔިތުން ރައްކާތެރިކޮށް ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް އަތޮޅުތެރޭގައި ފުލުހުން ގެންދަނީ ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ