ކުއްލި ޚަބަރު

ގައިޑްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ޗެއާ އާއި މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

ރައީސްގެ ނިންމެވުމުގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓް

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރި: ޝިމާދު

ގެއްލުނު 90 ސައިކަލެއް ފުލުހުން ހޯދައިދީފި

police

މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ގެއްލިގެން ރިޕޯޓުކުރި 90 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށާއި، މި ސައިކަލުތަކުގެ އަގު 4 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ އޮގަސްޓް މަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެ ތެރެއިން ޖުމްލަ 200 އެއްޗެއް ފުލުހުން ހޯދާފައިވެއެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން އެންމެ ގިނައިން ހޯދީ ސައިކަލެވެ. 90 ސައިކަލު ހޯދާފައިވާއިރު، އެސައިކަލުތަކުގެ އަގު 4.2 މިލިޔަން ރުފިޔާއަށް އަރައެވެ.

ފުލުހުން ހޯދި މުދަލުގެ ތަފާސްހިސާބު:

• 90 ސައިކަލު: 4،285،880 ރުފިޔާ
• 19 މޯބައިލް ފޯނު: 219،843 ރުފިޔާ
• 47 އެހެނިހެން ތަކެތި: 80،848 ރުފިޔާ
• ފައިސާގެ 40 މައްސަލަ: 329،350 ރުފިޔާ
• 4 އިލެކްޓްރޯނިކްސް: 19،850 ރުފިޔާ

މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 26674 ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި 999 ގަޑިއިރާއި 1 މިނެޓު ވަންދެން މާލެތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.

މީގެ އިތުރުން 5581 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 5373 މީހުންނާއި ރިކޯޑު ނެތް 208 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 4 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.

މާލޭގެ އިތުރުން މިދިޔަ މަހު ތިލަފުއްޓާއި ވިލިމާލޭގެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ތިލަފުއްޓާއި ވިލިމާލޭގެ 8760 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 556 ގަޑިއިރާއި 54 މިނެޓު ވަންދެން ތިލަފުއްޓާއި ވިލިމާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.

ފުލުހުން ވަނީ މި ދެ ސަރަހައްދުން ޖުމްލަ 530 މީހަކު ހުއްޓުވައި ސުވާލުކޮށްފައެވެ. އޭގެތެރޭގައި ކުށުގެ ރިކޯޑު އޮތް 458 މީހުންނާއި ރިކޯޑު ނެތް 72 މީހަކު ހިމެނެއެވެ. އަދި 4000 ރުފިޔާގެ 1 މޯބައިލް ފޯން ފުލުހުން ވަނީ ހޯދާފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މަދުކުރުމަށް އޮޕަރޭޝަންތައް ކުރިއަށްގެންދިއުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފްރާންސްގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

L 16684086789f92u

ނަސްރީނާއަށް ހޮސްޕިޓަލުގައި ފަރުވާދެނީ

112

ގައިޑްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ޗެއާ އާއި މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

Mal

ރައީސްގެ ނިންމެވުމުގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓް

TTH_advertisement