ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްރާންސްގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަ ފްރެންޗް ރިޕަބްލިކްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ ސިބަސްޓިއާން ލުކޮޣްނިއު އައްޔަންކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު ލުކޮޣްނިއުއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާކަމުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްޤައުމުން އަނެއްޤައުމަށް ދެމުންދާ އެއްބާރުލުން، ބޮޑުވަޒީރު ލުކޮޣްނިއުގެ މިދައުރުގައިވެސް ދެމިއޮންނާނެކަން ޔަޤީންކުރައްވާ ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ފްރާންސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saks 768x432

ފްރާންސް ބަލިކޮށް ވޯލްޑު ކަޕްގެ ތިންވަނަ އިންގްލެންޑަށް

Oyarzabel mikel1280 768x432

ފްރާންސް ރޮއްވާލާފަ ސްޕެއިން ފައިނަލަށް

1617455.jpeg

މެޗުން މޮޅުވެވޭނީ ނިންމުންތައް ބަރާބަރުކޮށްގެން: ފްރާންސްގެ ކޯޗު

FBL WC 2026 MATCH89 PAR FRA

ޕެނަލްޓީއަކުން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާއަށް