ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ކާށިދޫ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

Mal
ކ. ކާށިދޫ – ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއަރ

މާލެއަތޮޅު ކާށިދޫ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކާށިދޫ ފަޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެ ވުޒާރާއިން ވަނީ ކާށިދޫ ފަޅުގައި 115.21 ހެކްޓަރުގެ ރިސޯޓެއް ތަރައްޤީކުރަން ނިންމައިފައެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގައި އަދި 21 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.

މި އިޢުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ބީލަން ފޮތް ލިބޭނީ 14 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ރިސެޕްޝަނުންނެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކޮށްގެން ސާފުކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Ii

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެމިލިއަނާ ގާތްވެފައިވެއްޖެ

Ii

ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި

TTH_advertisement