ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަތަރާ އެއްބައިވަންތަކަން ފާޅުކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ދޯހާއަށް ވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒްއަށް، ގަތަރުގެ ބޮޑުވަޒީރުގެ ނައިބް ދޯހާ އެއަރޕޯޓުން މަރްހަބާ ވިދާޅުވަނީ:

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، އެއްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފިއެވެ.

ޝަހްބާޒް ޝަރީފްއަށް ދޯހާ އެއަރޕޯޓުން މަރްހަބާ ވިދާޅުވީ، ގަތަރުގެ ބޮޑުވަޒީރުގެ ނައިބް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް ޝައިޚް ސައޫދު ބިން އަބްދުއްރަހްމާން ބިން ހަސަން އައްޘާނީއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ގަތަރަށް މި ވަޑައިގެންނެވީ، އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އަޚުވަންތަ ގަތަރާއެކު ޕާކިސްތާނު އޮތްކަމާއި އަދި އެއްބައިވަންތަކަން ފާޅުކުރެއްވުމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ މި ދަތުރުފުޅުގައި، ގަތަރުގެ އަމީރާ ބައްދަލުކުރައްވާފައެވެ.

ޝަހްބާޒް ޝަރީފް ގަތަށް ވަޑައިގެންނެވީ، ޕާކިސްތާނު ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދަކާ އެކުގައެވެ.

އިސްރާއީލުން ދޯހާއަށް ދިން ވައިގެ ހަމަލާ އެންމެ ފުރަތަމަ ކުށްވެރި ކުރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ.

ޕާކިސްތާނައި ގަތަރާ ދެމެދު އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ