ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ މަޖައްލާއަށް ލިޔުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

MMA

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާއާ ގުޅޭ އައު މެގަޒިންއެއް ނެރުމަށް ތައްޔާރުވަމުން ދާއިރު، މި މަޖައްލާއަށް ލިޔުން ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

މި މަޖައްލާ ނެރުމުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މާލީ ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތާ އެކު މަޝްވަރާކުރެވޭނެ މާހައުލެއް ޤާއިމުކުރުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މީގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތަޢުލީމީ މާހިރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާކާރުންނަށް ދިރާސާތަކާއި ސިޔާސަތުތަކާ ބެހޭ ޚިޔާލުތަކާއި، އީޖާދީ ވިސްނުންތަކާއި، ކުރިއަރަމުން އަންނަ ޓްރެންޑުތައް ހިއްސާކުރެވޭނެ ވަސީލަތެއް ޤާއިމުކުރުން ވެސް ހިމެނެ އެވެ.

“ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޯ އައިލެންޑް އިކޮނޮމީސް” މި ނަމުގައި ނެރޭ ފުރަތަމަ އެޑިޝަން ހާއްސަ ވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތަކަށް ފިންޓެކް ޓެކްނޮލޮޖީގެ މުހިންމުކަމާ ބެހޭ ގޮތުންނެވެ.

ހުށަހަޅާ ލިޔުންތައް ވާންޖެހޭނީ އިނގިރޭސި ބަހުން ލިޔެފައިވާ، 500 އިން 2000 ލަފުޒާ ދެމެދުގެ ލިޔުންތަކަށެވެ. ލިޔުންތައް ރިވިއު ކުރާނީ މެގަޒިންގެ އެޑިޓޯރިއަލް ބޯޑުން ކަމަށާއި، ލިޔުމުގެ ފެންވަރާއި، އުފެއްދުންތެރިކަމާއި، ދިގުމިނަށް ބަލައިގެން ހޮވާނެ ކަމަށް އެމްއެމްއޭ އިން މަޢުލޫމާތު ދީފައިވެ އެވެ.

މެގަޒިންއަށް ހޮވޭ ލިޔުންތަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާއިރު، ލިޔުން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. މި ފުރުސަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ރަސްމީ ޗެނަލްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް އިރުޝާދު ދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ