ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓް ސޮއިނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެނީ

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ކަަމަށެވެ. އެހެންކަމުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00ން މެންދުރުފަހު 1:30 އަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ހައުސިންގ ޔުނިޓުތައް ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ