ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލަނީ

66

އިކޮނޮމިކް މިނިސްޓްރީއާއި އަލީބާބާ ގުޅިގެން، އެއްދުވަހުގެ އޮންލައިން ވޯކްޝޮޕެއް މި މަހު ބާއްވަން ހަމަޖެހިއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީ އާއި ދުނިޔޭގެ ނަންމަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ ތަޖުރިބާކާރުން ކަމުގައިވެސް މިނިސްޓަރޫ ވިދާޅުވިއެވެ.

އަލީބާބާ އާއެކު މިކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕްލެޓްފޯމްގައި، އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފުރުސަތެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު