ކުއްލި ޚަބަރު

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް

މުނާގެ ދައުރު ހަމަވާތީ، އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވޭ: ސާޖިދާ

އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާކަމަށާއި، އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނިއޮނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ތުއްތުކުދިންގެ ދުޅަހެޔޮކަމާ ގުޅޭ މި މަޢުޟޫއަކީ ކޮންމެ އާއިލާއަކާ، ކޮންމެ މީހަކާ އަދި އަންނަން އޮތް ޖީލުތަކާވެސް ގުޅިފައިވާ މަޢުޟޫއެއްކަމަށެވެ. މި ކޮންފަރެންސް ކާމިޔާބުކުރުމުގައި ބައިވެރިންގެ އެއްބާރުލުމާ، ބިނާކުރުވަނިވި ޙައްލުތަކަށް ޚިޔާލާ މަޝްވަރާ ވަރަށް މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

“އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތްކުރުމަށް ގޮވާލަން. އުއްމީދަކީ އައު ޚިޔާލުތަކާ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދިއުން. އަދި މަޝްވަރާތަކުގެ ހެޔޮ ނަތީޖާއަށް ވާސިލުވުން.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، އިހުގައި މިމަސައްކަތަކީ ވަރަށް ގޮންޖެހުންތައް ބޮޑު މަސައްކަތެއް ކަމަށާއި ވަރަށް ގިނަ ހިތާމަވެރި ޙާދިސާތައްވެސް ހިނގާފައިވާކަމަށެވެ. އަދި މިހާރަށް ބެލިއަސް، މިއީ އިތުރު، އަވަސް ކުރިއެރުންތަކެއް ބޭނުންވާ ދާއިރާއެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ވަސީލަތާއި އިންސާނީ ހުނަރުތައް ތަރައްޤީކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

“ތަނާއި ޖާގަ، ތަކެއްޗާއި ވަސީލަތްތައް، އިންސާނީ ޤާބިލުކަމާއި ހުނަރު ބޭނުންވޭ. އަދި ކޮންމެ ދާއިރާއަކަށްބެލިއަސް ދުނިޔޭގެ ކުރިއަރާފައިވާ ޢިލްމާއި ޓެކްނޮލޮޖީ، އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވޭ.” ސާޖިދާ މުޙައްމަދު

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ދުނިޔޭގެ ތަރައްޤީވެފައިވާ ސިއްޙީ ނިޒާމުތައިކާ ފައިހަމަކުރުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ.

މި ކޮންފަރެންސްގެ އަލީގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ވަސީލަތުގެ ގޮތުން ބޭނުންވާ ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، ޙައްލަކަށް ބަހުސްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާޚިރު ނަތީޖާއަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުންކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

Mal

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް

Mal

މުނާގެ ދައުރު ހަމަވާތީ، އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Mal

މުހިންމު ތަމްރީނެއް ހެދުމަށް ރާއްޖެ ޒިޔާރަތްކުރި ބަންގްލަދޭޝްގެ 50 އޮފިސަރަކު އެމްޕީއެލްއަށް

ELL Mobile Advertisement TTH_advertisement