ކުއްލި ޚަބަރު

ޓެކްސީ ލައިންގެ ޚިދުމަތް ފަށަން 408 ޓެކްސީ ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާންކޮށްފި

ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި

އަބްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ އުފުލައިފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

66

މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، އިމިގްރޭޝަންގެ ކޮންޓްރޯލަރ ރިޓަޔަރޑް އަޙްމަދު ފަޞީޙްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީގެ މަގުތަކަށް ކުނިއަޅައި، މަގުތައް ހަނޑިކުރާ ބިދޭސީންނާ މެދު އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން، ތަފްޞީލީ މަޝްވަރާތައް ކުރެވިފައިވެއެވެ.

މޭޔަރ އާދަމް ޢާޒިމް ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް، އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ޚިޔާލު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ބަލަހައްޓަމުންދާ ބިދޭސީންގެ ދަފްތަރު މާލޭ ސިޓީ ކައުންސިލާ ހިއްސާކުރުމާއި، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް ކައުންސިލުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް، މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މޭޔަރ އާދަމް ޢާޒިމް ފާހަގަކުރެއްވިއެވެ. މި މަޝްވަރާތަކުގެ ސަބަބުން، މާލޭ ސިޓީގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، މިބައްދަލުވުމުގައި މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

މާލެ ސިޓީގެ ކޮންމެ މަގެއް ވެސް ހިތް ފަސޭހަ ކަމާއެކު އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ. މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހި، އެއީ ރައްޔިތުންނަށް ދިމާވާ ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މާލެ ސިޓީގެ ކޮންމެ މަގެއް ވެސް ހިތް ފަސޭހަ ކަމާއެކު އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ. މަގުތަކުގެ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން ފެންހިދެން ދަތިވުމަކީ ރައްޔިތުންނަށް ދިމާވާ ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މާލެއިން އަތުލައިގެންފި

immigration

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާ އަށް ހުށަހެޅޭނެ

ޑިޖިޓަލައިޒްވުމާއެކު އިމިގްރޭޝަން ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: އިޙްސާން

Muaz

އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށްފި

TTH_advertisement