ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޢައްޔަންކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުކަމަށް 2 ބެފުޅުން އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް 2 ބޭފުޅުން ޢައްޔަންކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނަށް މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. އަލަށް އައްޔަންކުރެއްވި ދެ މެންބަރުންނާއެކު މިހާރު ކޮމިޝަންގައި ތިއްބަވަނީ އެކޮމިޝަންގެ ރައީސް މަރިޔަމް މުނާއާއި، ސަމާޢު އަޙްމަދު ނަޖީބުގެ އިތުރުން އިސްމާޢީލް ހަބީބެވެ.

ދަޢުރު ހަމަވެފައިވަނީ ކޮމިޝަންގެ ނާއިބު ރައީސް މޫމިނާ ވަޙީދު އާއި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގުގެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr Rameela

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފި

HRCM

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ހުޅުވާލައިފި

އެޗްއާރުސީއެމްއަށް އަހުމަދު މަޤުސޫމް އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

TTH_advertisement